އިންޑިއާގައި ތިބި މުސްލިމުން ބާކީކޮށް ނިކަމެތިކުރުމުގެ ބިލް މިއަދު ޕާލަމެންޓުން ފާސްކޮށްފިއެވެ.
މުސްލިމުން ބާކީކޮށް ނިކަމެތިކުރަން ބިލުގައި އޮތުމުން ރައިޓްސް ގްރޫޕްތަކާއި އިދިކޮޅުން ވަރުގަދައަށް މުޒާހަރާކުރަމުން ދަނިކޮށް 105 ވޯޓު 125 ވޯޓުން ބިލް ފާސްކުރީ ބީޖޭޕީއަށް ސްޕަރ މެޖޯރިޓީ އޮތުމުންނެވެ. އިންޑިއާގެ ކޮންސްޓިޓިޔުޝަންގެ 14 ވަނަ މާއްދާ އާއި ޚިލާފަށް މުސްލިމުން ބާކީކޮށް ނިކަމެތިކޮށްލުމުން މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ދަނީ ބުނަމުންނެވެ. އެހެންކަމުން މިހާރު ކިރިޔާވެސް އުންމީދެއް އޮތީ ސްޕްރީމް ކޯޓުން އިންޞާފުވެރިކަމާއިއެކު މައްސަލަ ނިންމައިދޭނެ ކަމަށެވެ.

ކަޝްމީރުގެ މައްސަލަ އާއި މުސްލިމް ނަން ކިޔާ ސިޓީތަކުގެ ނަން ބަދަލުކުރުމާއި މިއަދުގެ ބިލް ފާސްކުރުން ފަދަ ކަންކަމަށްބަލާއިރު މުސްލިމް މައިނޯރިޓީ އާއި މިހައި ޢަދާވާތްތެރި ސަރުކާރެއް އިންޑިއާގައި ވެރިކަންކޮށްފައި ނެތް ކަމަށް ސިޔާސީ އިސް ފަރާތްތަކުން ގެންދަނީ ހާމަކުރަމުންނެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބިލަށް ވޯޓު ދިން ހުރިހާ މެންބަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ އިންޑިއާގެ މައިނޮރިޓީ މުސްލިމުންނަށް ހެޔޮ ނޭދޭ ބައަކު 100 އިންސައްތަ މުސްލިމް ރާއްޖެއަށް ހެޔޮ އެދޭނެ ކަމަށް ޤަބޫލުކުރާނީ މޮޔައިން ކަމަށެވެ.