ދުވަހަކުވެސް ހަދައި ނުނިމުނު އައިޖީއެމްއެޗްގެ އައިސީޔޫގެ ސީލިންގުން ބައެއް ވެއްޓިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދުވަހަކުވެސް ހަދައި ނުނިމުނު އައިޖީއެމްއެޗްގެ އައިސީޔޫގެ ސީލިންގުން ބައެއް ވެއްޓިއްޖެ!

ދުވަހަކުވެސް ހަދައި ނުނިމުނު އައިޖީއެމްއެޗްގެ އައިސީޔޫގެ ސީލިންގ އިން ބައެއް ވެއްޓި  ކުޑަކުއްޖަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގައި އެބަ ދައުރުކުރެއެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްޞީލް ވަނީ ލިބޭނެ ގޮތް ނުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީލިންގ އިން ބައެއް ވެއްޓުނީ ވާރޭވެހުން ދުވަހަކުވެސް ނުހުއްޓުވުނު އައިޖީއެމްއެޗްގެ ފުރާޅުން މިހާރުވެސް ވާރޭ ވެހޭތީ ސީލިންގ ފޯވެގެންނެވެ.

އައިޖީއެމްއެޗް އަޅައި ހުޅުވި ދުވަހުން ފެށިގެން އެތަނުގެ މަރާމާތަށް އިންޑިއާ ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރާ ކަމުގެ މައުލޫމާތުލިބެއެވެ. އަދި މަސައްކަތްކުރަނީ އިންޑިއާގެ ކުންފުނަޏަކުން ކަމުގެ މައުލޫމާތު ލިބެއެވެ.

އައިޖީއެމްއެޗް ހުޅުވިތާ 5 އަހަރުވެ ދިވެހި ސަރުކާރަށް ބެލެނިވެރިކަން ލިބުނުއިރު ހެލްތް މިނިސްޓަރުކަމުގައި ހުންނެވި އިލްޔާސް އިބްރާހީމް އެއިރުވެސް އެތަން މަރާމާތުކުރަން ކުރަން ޖެހިފައި ހުރި ބޮޑެތި ޚަރަދުތައް ޚަރަދުތައް ކުރިނަމަވެސް މައްސަލަތައް ޙައްލު ނުކުރެވޭނެކަން ފާހަގަ ކުރައްވައި އެތަން ތަޅާލައި އައު ހޮސްޕިޓަލެއް އަޅަން ކުރަން ޖެހޭ ޚަރަދު މާކުޑަވާނެ ކަމަށް ރައީސް މައުމޫނަށް ދެންނެވިކަން މިއަދުނޫހަށް ވަނީ އެނގިފައެވެ.

މިއަދު އޮންލައިން