އިންޑިއާގެ ބާބްރީ މިސްކިތް ތަޅާލަން އެންމެ އިސްކޮށް ޙަރަކާތެރިވި މީހާ އިސްލާމްވެ 90 މިސްކިތް އަޅައިފި! އަލްޙަމްދުލިﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އިންޑިއާގެ ބާބްރީ މިސްކިތް ތަޅާލަން އެންމެ އިސްކޮށް ޙަރަކާތެރިވި މީހާ އިސްލާމްވެ 90 މިސްކިތް އަޅައިފި! އަލްޙަމްދުލިﷲ

އިންޑިއާގެ ބާބްރީ މިސްކިތް ތަޅާލުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެ، އެތަނުގެ މުންނާރަށް އަރައި ފުރަތަމަ ތަޅަން ފެށި މީހަކު އިސްލާމްވެ 90 މިސްކިތް އަޅައިފިއެވެ. ބާބްރީ މިސްކިތުގެ ބޮޑުބައަކަށް ގެއްލުންދީ ތަޅައިލީ 6 ޑިސެމްބަރު 1992 ގައެވެ. 

އެކަމުގައި އެންމެ އިސްދައުރެއް އަދާކުރި ބަލްބީރު ސިންހް އިސްލާމްވެފައިވަނީ އެއިގެ އެންމެ 6 މަސް ދުވަސް ފަހުން 1993 ވަނަ އަހަރުގެ ޖޫން މަހުއެވެ. މިހާރު އޭނާގެ ނަމަކީ މުޙައްމަދު ޢާމިރު އެވެ. 

މުޙައްމަދު ޢާމިރު ބުނެފައިވަނީ އޭނާއަށް އެކަމުގައި ބައިވެރިވެވުނީ ހައްދުފަހަނައަޅާފައިވާ ހިންދުން އިސްލާމް ދީނާއިމެދު ދެމުން ގެންދިއަ ދޮގުފަތުވާތަކުގެ ސަބަބުން ކަމަށެވެ. އަދި 90 މިސްކިތް އެޅީ އޭނާއަށް ކުރެވުނު ފާފައިގެ ތައުބާއަކަށް ކަމަށެވެ. 

އޭނާ ބުނެވުނީ އެދުވަހު އޭނާއަށް ކުރެވުނީ ބޮޑު ކުށެއްކަން ވަގުތުން އިޙްޞާޞްވި ކަމަށާއި އެކަމުން ސަލާމަތްވެވޭނެ ގޮތެއް ހޯދަން އޭނާ ދަތުރެއް ކުރި ކަމަށެވެ. އިސްލާމް ދީނާއިމެދު އޭނާގެ ހިތުގައި ޝައުޤުވެރިކަން އުފެދުނީ އޭނާއަށް އެހައި ބޮޑު ފާފައެއް ކުރެވިފައިވާއިރުވެސް އެދަތުރުގައި ބައްދަލުވި ދީނީ ޢިލްމުވެރިއެއް ކަމަށްވާ މައުލާނާ ކަލީމް ޞިއްދީޤީ އޭނާ އާއިމެދު ބެހެއްޓެވި އޯގާތެރިކަމުން ކަމަށެވެ. 

މިއަދުނޫހުގައި ޝާއިޢުކުރާ މިފަދަ ޚަބަރުތައް ފެނުމުން އިސްލާމް ދީނުގެ ޢަދާވާތްތެރިން ބުނެއުޅެނީ މިއަދުނޫހުގައި "މީދާ އިސްލާމްވާ" ވާހަކަ ލިޔާ ކަމަށެވެ! ވީމާ ތިރީގައި މިވާ ލިންކުގައިވާ ޚަބަރު ކިޔައިލާށެވެ.

https://www.alaraby.co.uk/english/news/2019/12/9/babri-mosque-destroyer-describes-journey-to-islam

 

 

 

 

މިއަދު އޮންލައިން