އެންދަމަން ގޮސް އުޅުނު މީހަކު ނިޔާވެއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 15ސ
އެންދަމަން ގޮސް އުޅުނު މީހަކު ނިޔާވެއްޖެ!

ދޯންޏަކުން އެންދަމަން މިއަދު ހެނދުނު ގޮސް އުޅުނު މީހަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 10:08 ހާއިރު ދޯންޏަކުން އެންދަމަން އުޅުމުގެ ތެރޭގައި، އެދޯނީގެ ފަޅުވެރިއަކު ގެނބިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެދޯނީގައި ބޭނުންކުރާ ބޮއެއެއް އޮޔާދާން ފެށުމުން އެބަލާ ފަތާފައި ގޮސް އެނބުރި އަންނަނިކޮށް ހަރަކާތް ހުއްޓިގެން އެމީހާ އަޑިއަށްދާން ފެށިއެވެ. ދޯނީގައި ދެން ތިބި ފަޅުވެރިން އެވަގުތު ގޮސް އެމީހާ ނެގިއިރު އޭނާގެ އަނގައިން ފޮނުތަކެއް އަރާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ދޯނީގެ މީހުން ވަގުތުން އެމީހާ ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ގެންދިޔައިރު ވެސް އޭނާވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއާއި ބެހޭގޮތުން އިތުރު ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

މިކަމުގައި ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

 

**މިހާދިސާގައި ނިޔާވި މީހާގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތްލައްވާށި އާމީން. އަދި މިފަދަ ހިތްތަދި ވަގުތެއްގައި އާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާށި. އާމީން. إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

 

ފޮޓޯ: ގޫގްލް (އައިޕީއެންއެލްއެފް)

 

 

މިއަދު އޮންލައިން