އައިއެސް އިން އިރުޝާދު ލިބިގެން ރާއްޖޭގައި ދޭން އުޅުނު ބޮމުގެ ވަރުގަދަ ހަމަލާއެއް ވަނީ ނާކާމިޔާބު ކޮށްލާފައި: ސީޕީ ހަމީދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އައިއެސް އިން އިރުޝާދު ލިބިގެން ރާއްޖޭގައި ދޭން އުޅުނު ބޮމުގެ ވަރުގަދަ ހަމަލާއެއް ވަނީ ނާކާމިޔާބު ކޮށްލާފައި: ސީޕީ ހަމީދު

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަޝިޕުން އިންސްޓްރަކްޝަން ދީގެން 2017 ވަނަ އަހަރު މާލޭގައި ބޮމެއް ހަދައިގެން ވައިގެ މަގުން ދޭން އުޅުނު ވަރުގަދަ ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން ކުރިއަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ރާއްޖޭގައި އޮތް ޓެރަރިޒަމްގެ ހާލަތާބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ސެޝަންގައި ވާހަކަދައްކަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

ސީޕީ ހަމީދު ވިދާޅުވީ މާލޭގައި އައިއީޑީއެއް ހަދާފައި ވަނީ ސީރިއާގައި ހުރި ދިވެއްސަކާ ގުޅިގެން އިސްލާމިކް ސްޓޭޓުގެ ލީޑަޝިޕުން އިންސްޓްރަކްޝަން ދީގެން ކަމަށާއި ވައިގެ މަގުން ގޮއްވާލައި ދޭން އުޅުނު ވަރުގަދަ ހަމަލާ ނާކާމިޔާބުކޮށްލީ ދިވެހި ފުލުހުންނާއި، އެމްއެންޑީއެފް އަދި ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން ކަމަށެވެ.

މިހަމަލާ ނާކާމިޔާބު ކޮށްލުމަށް ހިންގުނު އޮޕަރޭޝަނަކީ 2017 ވަނަ އަހަރު މުޅި ދުނިޔޭގައި ވެސް ހިންގުނު އެންމެ ބޮޑު ކައުންޓާ ޓެރަރިޒަމް އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން އޮޕަރޭޝަން ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި ރާއްޖޭގެ ސަލާމަތީ ބާރުތަކާއެކު ދުނިޔޭގެ އެންމެ ބޮޑު ފަސް ގައުމަކުން މަސައްކަތް ކުރިއެވެ.

މިއަދު އޮންލައިން