ބަނގުރާބޯ މީހުން ހައްޔަރުކުރާތީ މަޖިލީހުގެ ރައީސް ކަންބޮޑުވިތާ 5 ގަޑިއިރު ތެރޭ މަސްތުވެގެން ހުރެ ބިރު ދެއްކި މީހަކު ހައްޔަރުކުރަން ޖެހިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ބަނގުރާބޯ މީހުން ހައްޔަރުކުރާތީ މަޖިލީހުގެ ރައީސް ކަންބޮޑުވިތާ 5 ގަޑިއިރު ތެރޭ މަސްތުވެގެން ހުރެ ބިރު ދެއްކި މީހަކު ހައްޔަރުކުރަން ޖެހިއްޖެ!

ބަނގުރާބޯ މީހުން ހައްޔަރުކުރާތީ އެކަމާއި ކަންބޮޑުވެވަޑައިގެން ބަނގުރާބޯ މީހުން ހައްޔަރުކުރަން ފުލުހުން ކިހައި ޚަރަދެއް ކުރޭތޯ ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސުވާލުކުރެއްވިތާ 5 ގަޑިއިރު ތެރޭގައި ބަނގުރާބޮއި މަސްތުވެގެން ހުރި މީހަކު ހައްޔަރުކުރަން ފުލުހުންނަށް ޖެހިއްޖެ އެވެ.  

ފުލުހުން މިރޭ ބުނީ ހއ. ދިއްދޫ ބޭރުގައި އަޅާފައި އޮތް އޮތް ސަފާރީއަކަށް އެ ސަފާރީގެ ވެރިމީހާ މަސްތުގެ ޙާލުގައި ހުރެ އަރައި އެއިގައި ތިބި ބައަކަށް ބިރު ދެއްކި ކަމުގެ މައްސލައެއްގައި 47 އަހަރުގެ މީހަކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.  

ބަނގުރާބޯ މީހުން ހައްޔަރުކުރަން ކިހައި ކަރަދެއް ކުރަންތޯ ރައީސް ނަޝީދު ފުލުހުންނާއި ސުވާލުކުރެއްވީ މިއަދު މެންދުރު ކްރޮސް ރޯޑްސްގައި ކައުންސިލަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.  

މިއަދު އޮންލައިން