އުރީދޫ އަސާސީ ގަވާއިދު އިސްލާހުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
އުރީދޫ އަސާސީ ގަވާއިދު އިސްލާހުކޮށްފި

އުރީދޫ މޯލްޑިވްސްގެ އަސާސީ ގަވާއިދަށް އިސްލާހު ތަކެއް ގެނެސްފިއެވެ. 

އުރީދޫގެ އަސާސީ ގަވާއިދަށް އިސްލާހުގެނައުމަށް ބޭއްވި ފުރަތަމަ ހާއްސަ ގޮތުން ކުރާ އާއްމު ޖަލްސާ އޮތީ މިރޭ ހޮޓެލް ޖެންގައެވެ. މި ޖަލްސާގައި 91 ހިއްސާދާރުން ބައިވެރިވެއެވެ.

އުރީދޫގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ބޭންކިން އާއި ފައިނޭންޝަލް ސާވިސަސް އަދި ރީބްރޯޑްކާސްޓް ކުރުމާއި އިންޝުއަރެންސްގެ ބައި އަސާސީ ގަވާއިދަށް އިތުރު ކުރުން ހިމެނެ އެވެ.  

އުރީދޫ އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ފައިދާގެ ގޮތުގައި 425 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 544 މިލިއަން ރުފިޔާ ލިބުނު އިރު ހިއްސާދާރުންނަށް 3.22ރ. ގެ މަގުން ފައިދާ ބަހާފައިވެ އެވެ. 

މިއަދު އޮންލައިން