ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް އައްޔަން ކުރުމާ މެދު ޖޭއެސްސީ ގެ ލަފައަކަށް ރައީސް އެދިވަޑައިގެންފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 45ސ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް އައްޔަން ކުރުމާ މެދު ޖޭއެސްސީ ގެ ލަފައަކަށް ރައީސް އެދިވަޑައިގެންފި

ޤާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމުގެ މަޤާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ހދ. ވައިކަރަދޫ، ވައިޖެހޭގޭ އަލްއުސްތާޛް އަޙްމަދު ފާއިޒް ޙުސެއިން ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާއަށް ނަންފުޅެއް ހުށަހަޅުއްވައިފިއެވެ.

ކުރިން އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވުމަށް ފަހު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު އެ ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރަކީ ފާއިޒެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުޑަ ކުރުމަށް ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ފާއިޒް އާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މަގާމުން ވަކި ކުރިއެވެ.

މިހާރު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކީ އަހުމަދު މުއުތަސިމް އަދުނާން އެވެ.

މިއަދު އޮންލައިން