ޤަވާއިދާ ޚިލާފަށް ނަގާފަ ހުރި ގިނަ އަދަދެއްގެ ވެލި ބަސްތާތަކެއް ހޯދައިފި!

ކިޔުމަށް ހޭދަވާނީ 28ސ
ޤަވާއިދާ ޚިލާފަށް ނަގާފަ ހުރި ގިނަ އަދަދެއްގެ ވެލި ބަސްތާތަކެއް ހޯދައިފި!

އައްޑޫ ސިޓީ ހިތަދޫ އަތިރިމަތިން ގަވާއިދާ ހިލާފަށް ވެލި ނަގައި، ގިނަ އަދަދެއްގެ ވެލި ބަސްތާތަކެއް ފޮރުވާފައި ހުއްޓާ ފުލުހުން ހޯދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ 122 ބަސްތާ ވެލި ފޮރުވާފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 06:00 ހާއިރު އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ރަށު ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އެކަން އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މިއަދު އޮންލައިން