އުރީދޫ މޯލްޑިވްސް ޕލކ އިން ވަނީ ޚާއްސަ ގޮތުންކުރާ އާންމު ޖަލްސާއެއް ބާއްވައި މުހިންމު ނިންމުންތަކެއް ނިންމައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ހޮޓެލް ޖެން ގައި ބޭއްވި މި ޖަލްސާގައި ޖުމްލަ 91 ހިއްސާދާރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 32 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށަހަޅައިގެން ބައިވެރިވެފައިވާ ފަރާތްތަކެވެ. އަދި 59 ހިއްސާދާރުންވަނީ ހޮޓެލް ޖެން އަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވެފައެވެ. ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްފައި ވަނީ، 136،542،861 (ސަތޭކަ ތިރީސް ހަ މިލިއަން، ފަސް ލައްކަ ސާޅީސް ދެ ހާސް އަށް ސަތޭކަ ފަސްދޮޅަސް އެއް) ހިއްސާއެވެ. މި ހިއްސާ ރަމްޒުކޮށްދެނީ ކުންފުނިން ވިއްކާފައިވާ ޖުމްލަ ހިއްސާގެ %92.4 އެވެ.
އުރީދޫ މޯލްޑިވްސް އިން ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާ ބާއްވާފައިވަނީ ކުންފުނީގެ އަސާސީ ގަވާއިދު އަދި ހިންގާ ގަވާއިދު އިސްލާހުކުރުމަށް ހިއްސާދާރުންނަށް ހުށަހެޅުމުގެ ގޮތުންނެވެ. މިގޮތުން ހުށަހަޅާފައިވާ މައިގަނޑު ކަމަކީ، އާންމު ހިއްސާދާރުންގެ ފަރާތުން އައްޔަންކުރާ ބޯޑު ޑިރެކްޓަރުގެ ދައުރު ކަނޑައެޅުމެވެ. މީގެ އިތުރުން، ކުންފުނީގެ މަޤްޞަދުތަކާއި މަސައްކަތްތައް އެއްގޮތްކުރުމުގެ ގޮތުންނާއި، ހިއްސާދާރުންނަށް ފަސޭހައިން މާނަ ދޭހަވާނެގޮތަށް ބައެއް މާއްދާތައް އިސްލާހުކުރުމަށް ވަނީ ހުށަހެޅިފައެވެ. ހިންގާ ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން ޗެއާމަން އަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އިސްލާޙުތަކަށް ވޯޓު ނަގާފައިވަނީ ޕޮލް ވޯޓެއްގެ ގޮތުގައެވެ. އެއީ އެހިއްސާދާރެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ހިއްސާއަކަށް އެއްވޯޓު ލިބޭގޮތަށް ނަގާފައިވާ ވޯޓެކެވެ.
ރޭގެ ޖަލްސާގައި ފާސްކޮށްފައިވާ ޚާއްސަ ގަރާރުތައް ތިރީގައި އެވަނީއެވެ.
|
ޚާއްސަ ގަރާރު (1): އުރީދޫ މޯލްޑިވްސް ޕލކ ގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމަށް ތާއީދުކުރަން. |
|
|
|
136,541,650 ވޯޓު |
އަސާސީ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތައް ފަސްކުރުމަށް ތާއީދުކޮށްފައިވާ ވޯޓު ރަމްޒުކޮށްދޭ ޖުމްލަ ހިއްސާގެ އަދަދު: |
|
|
92.382% |
އަސާސީ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތައް ފަސްކުރުމަށް ތާއީދުކޮށްފައިވާ ވޯޓު ރަމްޒުކޮށްދޭ ޖުމްލަ ހިއްސާގެ އިންސައްތަ: |
|
|
ޚާއްސަ ގަރާރު (2): އުރީދޫ މޯލްޑިވްސް ޕލކ ގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމަށް ތާއީދުކުރަން. |
|
|
|
136,541,650 ވޯޓު |
ހިންގާ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތައް ފަސްކުރުމަށް ތާއީދުކޮށްފައިވާ ވޯޓު ރަމްޒުކޮށްދޭ ޖުމްލަ ހިއްސާގެ އަދަދު: |
|
|
92.382% |
ހިންގާ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތައް ފަސްކުރުމަށް ތާއީދުކޮށްފައިވާ ވޯޓު ރަމްޒުކޮށްދޭ ޖުމްލަ ހިއްސާގެ އިންސައްތަ: |
|
|
ޚާއްސަ ގަރާރު (3): ހުށަހެޅިފައިވާ އިސްލާހުތައް ހިއްސާދާރުން ފާސްކުރާ ގޮތާ އެއްގޮތްވާގޮތުގެ މަތިން، އެ އިސްލާހުތައް ހިމަނައި، އަސާސީ ގަވާއިދު އަދި ހިންގާ ގަވާއިދު ބަދަލުކުރަން ތާއީދުކުރަން. |
|
|
|
136,541,650 ވޯޓު |
ހުށަހެޅިފައިވާ އިސްލާހުތައް ހިއްސާދާރުން ފާސްކުރާ ގޮތާ އެއްގޮތްވާގޮތުގެ މަތިން، އެ އިސްލާހުތައް ހިމަނައި، އަސާސީ ގަވާއިދު އަދި ހިންގާ ގަވާއިދު ބަދަލުކުރަން ތާއީދުކޮށްފައިވާ ވޯޓު ރަމްޒުކޮށްދޭ ޖުމްލަ ހިއްސާގެ އަދަދު: |
|
|
92.382% |
ހުށަހެޅިފައިވާ އިސްލާހުތައް ހިއްސާދާރުން ފާސްކުރާ ގޮތާ އެއްގޮތްވާގޮތުގެ މަތިން، އެ އިސްލާހުތައް ހިމަނައި، އަސާސީ ގަވާއިދު އަދި ހިންގާ ގަވާއިދު ބަދަލުކުރަން ތާއީދުކޮށްފައިވާ ވޯޓު ރަމްޒުކޮށްދޭ ޖުމްލަ ހިއްސާގެ އިންސައްތަ: |
|
އިސްލާހުކޮށްފައިވާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރުމަށްފަހު، ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށް ޝާއިޢުކުރެވޭނެ ވާހަކަ އެންމެހައި ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި، އިސްލާހުކުރެވިފައިވާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާނީ، ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާ ދުވަހުން ފެށިގެންކަމުގައިވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އުރީދޫ އިން ބުނީ ރޭ ބާއްވާފައިވާ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވެ، ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ ހިއްސާދާރުންގެ ލާބައާއި މަންފާއަށް ކަމަށާއި، ހިއްސާދާރުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.