ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ދެމީހުން ހައްޔަރުކުރީ ހުޅުމާލޭގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ 22:30 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަނުގައި، ހުޅުމާލޭ ފުލެޓް ކައިރިން މި ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ދެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުން ކަމަށް ފުލުހުން ބުނިއެވެ.