މެލޭސިޔާގަ ބާއްވާ މުސްލިމް ޤައުމުތަކުގެ ސަމިޓަށް ވިހި ޤައުމެއްގެ ވެރިން މެލޭސިޔާގަ - ސައުދީ، ޔޫއޭއީ، ޕާކިސްތާނު އެކަހެރިވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މެލޭސިޔާގަ ބާއްވާ މުސްލިމް ޤައުމުތަކުގެ ސަމިޓަށް ވިހި ޤައުމެއްގެ ވެރިން މެލޭސިޔާގަ - ސައުދީ، ޔޫއޭއީ، ޕާކިސްތާނު އެކަހެރިވެފަ!

މެލޭސިޔާގަ ބާއްވާ މުސްލިމް ޤައުމުތަކުގެ ސަމިޓަށް 20 ޤައުމެއްގެ ވެރިން މެލޭސިޔާއަށް މިއަދު ވަޑައިގެންފައިވާއިރު ސައުދީ، ޔޫއޭއީ، ޕާކިސްތާނު ހާޒިރުވެފައެއް ނުވެއެވެ. ޕާކިސްތާނުން ބައިވެރިނުވީ ސައުދީގެ ޕްރެޝަރަށް ކަމަށް ޕާކިސްތާނުން އެއްބަހެއް ނުވެއެވެ. 

ސަމިޓާއިމެދު އިޒްރޭލްގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އިޒްރޭލުގެ ތިކްޓޭންކުގެ މެންބަރުން ލަފާކުރާ ގޮތުގައި މި ސަމިޓުގެ ސަބަބުން އިޒްރޭލަށް ހުރަސްތަކެއް ކުރިމަރަތިވުމުގެ ފުރުޞަތު އެބައޮތެވެ. 

މި ސަމިޓަކީ ސެޕްޓެމްބަރު މަހު އދގެ ޢާންމު ބައްދަލުވުމުގެ ހަވާސާގައި އިސްލާމީ ޤައުމުތަކުގެ ވެރިން އިސްނަގައިގެން މުސްލިމް ޤައުމުތަކުގެ މައްސަލަތައް ޙައްލުކޮށް އެކުގައި ކުރިއަށް ދާނެ ގޮތްތައް ރާވަން މަޝްވަރާކުރަން ބާއްވާ ބައްދަލުވުމެކެވެ. 

ސަމިޓުގައި މުހިއްމު ދައުރެއް މެލޭސިޔާ، ތުރުކީ، އީރާން އަދި ޤަތަރުން އަދާކުރާނެއެވެ.

މިއަދު އޮންލައިން