ހަރުކަށި ފިކުރާއި ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ހިންގަން ފެށި އޮޕަރޭޝަންގައި 6 ގެއަކާއި 1 ލޯންޗް ބަލައި ފާސްކޮށްފައިވާ ކަމަށާއި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ތަޙްޤީޤަށް ބޭނުންވާ ބައެއް ހެކި ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ފަށާފައިވާ މި އޮޕަރޭޝަން އަދިވެސް ނުނިމޭ ކަމަށާއި އިތުރަށް ކުރިއަށް ގެންދާނެ ކަމަށެވެ.