ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގަ ފަސް ގެއެއް ބަލައިފާސްކޮށް 29 މީހަކު ހައްޔަރު ކޮށްފިއެވެ.
މިއޮޕަރޭޝަނާއި ބެހޭގޮތުން މައުލޫމާތުޔ ދެއްވަމުން ފުލުހުން ވިދާޅުވީ، މިހިނގާ ޑިސެމްބަރ މަހުތެރޭގައި މިހާތަނަށް ހަތަރު ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. މިއޮޕަރޭޝަންގައި މިރޭ ވެސް ފުލުހުން ދަނީ ގެއެއް ބަލާ ފާސް ކުރަމުންނެވެ.
އެގޮތުން ފުލުހުން މިރޭ ބަލާ ފާސްކޮށްފައިވަނީ މ. ލޮނުމިދިލިގެ އެވެ. މީގެކުރިން ޑްރަގް ރެއިޑްގައި ބަލާފައިވަނީ މ. ފެޝަންމީޑް، މ. ނަދީއިރުމަތީބައި، ހ. ވެލިރަންގެ އަދި ގ. މެމޮރީވިލާ އެވެ.
މ. ފެޝަންމީޑް މިމަހުގެ ފަސްވަނަ ދުވަހު ބަލާފާސް ކޮށްފައިވާއިރު، އެގެއިން 11 މީހަކު ހައްޔަރުކޮށްފައިވެއެވެ. މ. ނަދީއިރުމަތީބައި ފާސްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެގެއިން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާއިރު ހ. ވެލިރަން ބަލާފާސްކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެގެއިން 10 މީހަކު ހައްޔަރު ކޮށްފައިވެއެވެ. ގ. މެމޮރީވިލާ ފާސްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގައެވެ. އެގެއިން ހަތަރު މީހުން ހައްޔަރު ކޮށްފައިވެއެވެ.
(އިތުރު ތަފްސީލު އަންނަނީ)