ގާސިމް މަރާލި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ
ގާސިމް މަރާލި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި!

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ރަހުމުކުދަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަން ހާމަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާސިމްގެ މަރުގެ މައްސަލައާއި ގުޅުންހުރި ފިރިހެނަކު މީގެ ކުޑަ އިރުކޮޅެއް ކުރިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ގޮތާއިމެދު ފަޚުރުވެރިވާކަމަށް ވިދާޅުވަމުން ސީޕީ ހަމީދު ވިދާޅުވީ އެމައްސަލައިގެ އިތުރު ތަފްސީލު މާދަމާ ހިއްސާ ކުރައްވާނެ ކަމަށެވެ.

މިމައްސަލައިގައި މިރޭ މީހަކު ހައްޔަރުކޮށްފައިވާއިރު، ކުށުގެވެށިން މީހެއްގެ ޑީއެންއޭ އާއި ފިންގާޕްރިންޓްވެސް ލިބިފައިވާ ކަމަށް މިމަހުގެ 12 ވަނަ ދުވަހު ސީޕީ ހަމީދު ވަނީ އިއުލާނު ކުރައްވާފައެވެ.

 

މިއަދު އޮންލައިން