ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާއެއްގެ ކުދިންތަކަކަށް ވެކްސިން ދީފި!

ކިޔުމަށް ހޭދަވާނީ 36ސ
ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާއެއްގެ ކުދިންތަކަކަށް ވެކްސިން ދީފި!

ރ. މަޑުއްވަރީގައި ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާއެއްގެ ކުދިންތަކަކަށް ވެކްސިން ދީފިއެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިއްޔެ ދެކޮޅު ހަދަމުންދިޔަ މަޑުއްވަރީ ގެއެއްގެ މީހުން ފުލުހުންގެ މަރުކަޒަށް ހާޒިރުކުރުމަށްފަހު ޖެންޑާ މިނިސްޓްރީގެ ފަރާތުން އެމީހުންނަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ނަސޭޙަތް ދިނުމަށްފަހު އެކުދިންނަށް ވެކްސިން ދިނުމަށް އެއްބަސްވުމުން، އެގޭގެ ތިން ކުއްޖަކަށް މިހާރު ވެކްސިން ދީފައިވާ ކަމަށާއި ވެކްސިން ދިނީ އުމުރުން 4 އަހަރުގެ ކުއްޖަކަށާއި، 2 އަހަރުގެ ކުއްޖެއްގެ އިތުރުން އެއްމަހުގެ ތުއްތުކުއްޖަކަށް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

މިއަދު އޮންލައިން