މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އަތުލައިގަތުމަށް ފުލުހުން މ. ލޮނު މިދިލިގޭގައި މިރޭ ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފައިސާ ހޯދައި 4 ކުޑަކުދިންނާ 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކުރި 4 ކުދިންގެ އިތުރުން ދިވެހި 2 ފިރިހެނުންނާއި އަންހެނަކާއި ބިދޭސީއަކު ހައްޔަރުކުރެވުނު ކަމަށެވެ. އަދި މިތަނުން ކުޑަކުއްޖެއްގެ ވޮލެޓުން ތިރީސް ހަތް ހާހަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި ގިނަ ޤައުމުތަކެއްގެ ބޭރު ފައިސާވެސް ފެނުނު ކަމަށެވެ.
ރާއްޖޭގެ ޤާނޫނު ބުނާ ގޮތުން ޑްރަގް ވިޔްފާރިކުރި ނަމަވެސް މީހުން މެރި ނަމަވެސް 18 އަހަރު ނުފުރޭނަމަ އެއީ ކުޑަކުއްޖެކެވެ.