ހައްޔަރު ކުރެވިފަވަނީ ޤާސިމްގެ ޤާތިލުކަން ކަށަވަރު ކުރެވިއްޖެ! އިޢްތިރާފްވެސް ވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހައްޔަރު ކުރެވިފަވަނީ ޤާސިމްގެ ޤާތިލުކަން ކަށަވަރު ކުރެވިއްޖެ! އިޢްތިރާފްވެސް ވެއްޖެ!

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލި ޑްރައިވަރު ޤާސިމް ޙަސަންގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރެވުނީ ޙަޤީޤީ ޤާތިލު ކަމަށާއި ޤާސިމް މަރައިލި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. 

ސީޕީ ޙަމީދު ވިދާޅުވީ އޭނާ ތަޙްޤީޤަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި ތަޙްޤީޤަށް ކުރިއެރުން ހޯދުނީ ހޯދުނު ފޮރެނެސިކް ހެކިން ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. 

ޤާސިމް ހަސަން މަރައިލިއިރު އޭނާލައިގެން ހުރި ހެދުން އެކަންކުރި ސަރަހައްދުން ހޯދިފައިވާ ކަމަށާއި އިތުރު ހެކިތައް ހޯދައި ތަޙްޤީޤް ފުރިހަމަކުރަމުންދާކަމަށް އަދި ފެށޭ ހަފްތާގެ ކުރީކޮޅު ފުލުހުން އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށްވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން