ހުކުރު ދުވަހުގެ 10 ގެ ފަހުން ސައިޓްތަކުގަ މަސައްކަތް ކުރުވާތީ ޢާރިފް ކަންބޮޑުވުން ފައުޅު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ހުކުރު ދުވަހުގެ 10 ގެ ފަހުން ސައިޓްތަކުގަ މަސައްކަތް ކުރުވާތީ ޢާރިފް ކަންބޮޑުވުން ފައުޅު ކުރައްވައިފި

ހުކުރު ދުވަހު ހެނދުނު 10 ޖެހުމުގެ ފަހުންވެސް ކޮންސްޓްރަކްޝަން ސައިޓުތަކުގައި މުވައްޒިފުން ލައްވައި މަސައްކަތް ކުރުވާތީ އަހްމަދު ޢާރިފް (އާރްޓޭ) ކަންބޮޑުވުން ފައުޅުކުރައްވައި އެކަން އިކޮނޮމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެންނަވައިފިއެވެ.  

ޢާރިފް ވިދާޅުވެފައިވަނީ އެއީ ވެސް ހަމަ ކުރާ ވިޔަފާރިއެއް ކަމަށާއި 10 ޖަހާއިރު ފިހާރަތައް ބަންދުކުރަން ޖެހޭ އުޞޫލުން ސައިޓުތަކުގައި މަސައްކަތް ކުރުވުން ވެސް ހުއްޓުވަން ޖެހޭނެ ކަމަށެވެ. އަދި އެވަގުތު ސައިޓުތަކުގައި މަސައްކަތްކުރުމުން އަވަށްޓެރިންނަށްވެސް އުނދަގޫތައް ކުރިމަތިވާ ކަމަށެވެ.  

މިހާރަކަށް އައިސް ހުކުރު ދުވަސް ވެސް ނުބަލައި ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން ޢާރިފް ފާހަގަކުރައްވާފައިވާއިރު އެއީ ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަދު އޮންލައިން