ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން މިއަދު ބުނެ އެވެ.
ފުލުހުންގެ ތަރުޖަމާނު ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރް ވިދާޅުވީ ވިދާޅުވީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން "އެ ތަހުގީގު އަދިވެސް ކުރިއަށް ދާ" ކަމަށެވެ. ނަމަވެސް މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުގެ އިތުރުން އެއްވެސް ތަފްސީލެއް ނުދެއްވައެވެ.
ފުލުހުންނާއި ސިފައިންގެ އިތުރުން ޖެންޑާ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެރަށުގެ ހަތް ގެއަކާއި ދޯންޏެއް ބަލައި ފާސްކޮށް މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.