އަހަރު އެންމެ މޮޅު ވިޔަފާރި ކުންފުނީގެ އެވޯޑު އުރީދޫ އަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަހަރު އެންމެ މޮޅު ވިޔަފާރި ކުންފުނީގެ އެވޯޑު އުރީދޫ އަށް!

މޯލްޑިވްސް ބިޒްނަސް އެވޯޑް (އެމްބީއެސް) ގައި މިއަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ވިޔަފާރި ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ހޮވިއްޖެއެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި މިރޭ ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި އެމްބީއެސްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ބިޒްނަސް އޮފް ދި އިޔާ" އެވޯޑާ އުރީދޫގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު އެވެ. 

މީގެއިތުރުން އުރީދޫއަށް ވަނީ  އަހަރުގެ އެންމެ މޮޅު ސީއެސްއާރު ހަރަކާތުގެ އެވޯޑު ވެސް ލިބިފައެވެ. މި ސީއެސްއާރު ހަރަކާތަކީ  ޔޫއެންޑީޕީ މޯލްޑިވްސްއާއި އެޗްޑީސީއާއި ގުޅިގެން އުރީދޫއިން ކުރިއަށްގެންދާ ސްމާޓް ސިޓީސް ޕްރޮޖެކްޓެކެވެ.

މިއަހަރުގެ ބިޒްނަސް އެވޯޑްސް 2019 ގައި ފަސް ދާއިރާއަކުން ޖުމްލަ 29 ކެޓަގަރީއަކުން އެކި ފަރާތްތަކަށް ވަނީ އެވޯޑް ދީފަ އެވެ.

މިއަދު އޮންލައިން