ހޮޓެލް ބުކިން އަށް ދިމާވި މައްސަލައެއްގައި ހާލުގައި ޖެހުނު ފަތުރުވެރި އާއިލާއަކަށް ދިވެހި ފުލުހުން އެހީތެރިވެދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހޮޓެލް ބުކިން އަށް ދިމާވި މައްސަލައެއްގައި ހާލުގައި ޖެހުނު ފަތުރުވެރި އާއިލާއަކަށް ދިވެހި ފުލުހުން އެހީތެރިވެދީފި

ހޮޓެލް ބުކިން އަށް ދިމާވި މައްސަލައެއްގައި ހާލުގައި ޖެހުނު ހަންގޭރީއިން ރާއްޖެ އައި ފަތުރުވެރި އާއިލާއަކަށް ދިވެހި ފުލުހުން އެހީތެރިވެދީފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިއާއިލާއިން ރާއްޖެ އައުމަށް ބުކިން ހެދި ހޮޓެލްއަށް ފައިސާ ނުދައްކާ ހުރި ކަމަށް އޭޖެންޓު އެމީހުންނަށް އަންގާފައިވަނީ މިއަދު ރާއްޖެ އައުމުން ކަމަށާއި ނަމަވެސް އޭޖެންޓް މެދުވެރިކޮށް ޖެނުއަރީ މަސްތެރޭގައި ފައިސާ ދެއްކައި ބުކިން ކޮންފަމޭޝަން އީމެއިލްވެސް ލިބިފައިވާ ކަމަށް މިއާއިލާއިން ބުނި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހާލުގައި ޖެހުމުން މިއާއިލާއިން އެއާޕޯޓުގައި އެވަގުތު ތިބި ޓުއަރިސްޓް ފުލުހުންނަށް އެމައްސަލަ ހުށަހެޅުމުން ކަންވީގޮތް އޮޅުން ފިލުވައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި އެމައްސަލަ ހިއްސާކުރުމަށް ފުލުހުން ވަގުތުން މަސައްކަތް ފެށި ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ޓުއަރިޒަމް މިނިސްޓްރީގެ އެހީތެރި ކަމާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފުލުހުން ގުޅިގެން އެ އާއިލާއަށް މާޅެ އަތޮޅު ރިސޯޓަކުން އެކޮމޮޑޭޝަން މިހާރު ވަނީ ހަމަޖައްސާދީފައެވެ.

 

މިއަދު އޮންލައިން