އިންޑިއާގަ މިއަދު ކުރި މުޒާހަރާގަ ދެ ލައްކަ މީހުން ބައިވެރިވެއްޖެ! މަރުވި މީހުންގެ އަދަދު 23 އަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އިންޑިއާގަ މިއަދު ކުރި މުޒާހަރާގަ ދެ ލައްކަ މީހުން ބައިވެރިވެއްޖެ! މަރުވި މީހުންގެ އަދަދު 23 އަށް!

އިންޑިއާ އިން ރަށްވެހިކަމުގެ ޤާނޫނަށް ގެނައި ބަދަލާއި ގުޅިގެން ސިލްސިލާކޮށް އެކި ސްޓޭޓް ތަކުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ނާގްޕޫރުގައި މިއަދު ކުރި މުޒާހަރާގައި ދެ ލައްކަ މީހުން ބައިވެރިވިއެވެ.  

މުސްލިމުންގެ ޙައްޤުތައް ގެއްލުވާލާފައިވާ ކަމަށް ބުނެ ކުރިއަށް ގެންދާ މުޒާހަރާތަކުގައި މިހައިތަނަށް 23 މީހުން މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި އިއްޔެ މަރައިލި 8 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.  

މުޒާހަރާތައް ފެށުނު ފަހުން މުޒާހަރާތަކުގެ ޚަބަރުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ގެންދަނީ ފުޅައުދާއިރާއެއްގައި ފަތުރަމުންނެވެ. ނަމަވެސް ގެއްލިގެން އުޅެނީ މުސްލިމުންގެ ޙައްޤުތައް ކަމަށްވުމުން ދުނިޔޭގެ މާބޮޑު ސަމާލުކަމެއް އަދިވެސް ލިބިފައެއް ނުވެއެވެ.

 

މިއަދު އޮންލައިން