ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ތިން ފޯނެއްގެ ވެރިފަރާތެއް ހޯދިފައިނުވާތީ މި ފޯނުތަކުގެ ވެރިފަރާތް ހޯދަން ފަށައިފިއެވެ.
މިފޯނުތަކަކީ 2019 ޑިސެމްބަރު 14 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތިން ފޯނު ހިފައިގެން އުޅުނު މީހަކު ހުއްޓުވައި އެމީހާގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތިން ފޯނެވެ. މިފޯނުތަކަކީ ނޮކިއާ، އޮޕޯ އަދި ކިންގްސްޓަން ބްރޭންޑްގެ ތިން ފޯނެވެ.
ވީމާ މިފޯނުތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ފޯނުތަކާ ހަވާލުވެލެއްވުމަށް އެދެއެވެ.