ގަލޮޅު ގެއެއްގައި ހަށިވިއްކަން ތިބި ބިދޭސީ 2 އަންހެނަކާއި ހަށި ގަންނަން ދިއަ ބަންގްލަދޭޝް 3 ފިރިހެނުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހައްޔަރުކުރެވުނު އެކަކީ ސްރީ ލަންކާ އަންހެނެއް ކަމަށާއި ދެވަނަ އަންހެނަކީ ތައިލަންޑުގެ އަންހެނެއް ކަމަށެވެ.
ބަންދުކުރި 5 މީހުންގެ ތެރެއިން ބަންގްލަދޭޝް 1 ގެ ބަންދަށް 7 ދުވަސް ދެން މުއްދަތު ޖެހި 3 މީހުންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ.