ކަރެކްޝަންސްގެ ޖަލުތައް ފުރިއްޖެ! ކުށްވެރިން ޖަލަށްލާނެ އިތުރު ޖާގައެއް ނެތް!

ކިޔުމަށް ހޭދަވާނީ 1މ
ކަރެކްޝަންސްގެ ޖަލުތައް ފުރިއްޖެ! ކުށްވެރިން ޖަލަށްލާނެ އިތުރު ޖާގައެއް ނެތް!

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި، އިތުރަށް ކުށްވެރިން ޖަލަށްލެވޭނެ ޖާގައެއް ނެތް ކަމަށް އެމުއައްސަސާއިން އަންގާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ ކަރެކްޝަނަލް ސާވިސް އާއި ހަވާލުކުރަންޖެހެ 58 ގައިދީއަކު މިވަގުތު ދޫނިދޫ ޖަލުގައި އެބަތިބި ކަމަށާއި އޭގެތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒު ކުރަން ހަވާލުކުރަންޖެހޭ މީހުން ކަމަށެވެ. އަދި އަށް މީހުންނަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުތަކާއި ގުޅިގެން ހަވާލުކުރަންޖެހޭ މީހުން ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.

އިޒްމިއާ ވިދާޅުވީ ކަރެކްޝަންސްގެ ޖަލުތައްފުރި އެގައިދީންނާއި ހަވާލުވުމަށް އުޒުރުވެރިވެފައިވާތީ، އެއެންމެން ދޫނިދޫ ޖަލުގައި ބައިތިއްބާފައިވާ ކަމަށެވެ. އެކަން ކަރެކްޝަނަލް ސާވިސްގެ ތަރުޖަމާން އަހުމަދު ނަސީމު ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މީގެއިތުރުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، އެގައިދީންގެ ތެރެއިން އަށް މީހަކު އިއްޔެގެވަގުތެއްގައި ކެއުމަށް އިންކާރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން އެކަކު ފިޔަވައި އެންމެން މިއަދުން ފެށިގެން ކާން ފަށާފައިވާ ކަމަށެވެ.

މިއަދު އޮންލައިން