ތިމަރަފުށީ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 33ސ
ތިމަރަފުށީ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

ތިމަރަފުށީ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، ތުހުމަތުކުރެވޭ  މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ތިމަރަފުށީ ގެއަކުން 3700 ރުފިޔާ ވަގަށް ނަގާފައިވާކަމަށް ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 19:40 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، ތިމަރަފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން އެމީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ 2900 ދިވެހި ރުފިޔާ އާއި 78 ޑޮލަރާއި ސްމާޓް ފޯނަކާއި ބަންގްލަދޭޝްގެ ފައިސާތަކެއް ފެނިފައިވެއެވެ.

މިއަދު އޮންލައިން