ޝަހީދު ޢަލީ މިސްކިތްތެރެއަށް ވެއްޓިފައި އޮއްވައި ފެނުނު މީހާ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ޙަވާލާދީ ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެއީ 83 އަހަރުގެ ފިރިހެނެއް ކަމަށާއި މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11.12 ހައިއިރު ކަމަށެވެ.
މާތް ﷲ އޭނާގެ ފުރާނައަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށި! އާމީން