ފޭރެން އުޅުމުގެ ތެރޭގަ ހިނގި ހާދިސާ ބޮޑުވުމުން ފޭރުމުގެ އެއްވެސް އަމަލެއް ހިންގިފައެއް ނުވޭ!: ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ފޭރެން އުޅުމުގެ ތެރޭގަ ހިނގި ހާދިސާ ބޮޑުވުމުން ފޭރުމުގެ އެއްވެސް އަމަލެއް ހިންގިފައެއް ނުވޭ!: ފުލުހުން

ޑްރައިވަރު ޤާސިމް ޙަސަންގެ އަތުން ފޭރެން އުޅުމުގެ ތެރޭގައި ހިނގި ހާދިސާ ބޮޑުވުމުން ފޭރުމުގެ އެއްވެސް އަމަލެއް ހިންގިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ފުރަތަމަ އަދުހަމް ފޭރެން މަސައްކަތްކުރީ ވަޅިން ބިރު ނުދައްކައި ކަރުގައި އޯލުލައިގަނެގެން ކަމަށާއި ވަޅިން ހަމަލާދިނީ އެގޮތަށް ކާމިޔާބު ނުކުރެވުމުން ކމަށެވެ. އަދި ކަރަށް ވަޅިން ހަމަލާދީފައިވަނީ އެއް ފަހަރު ކަމަށެވެ. ޤާސިމް ވަނީ ދެއަތުން ވަޅީގައި ހިފާފައި ކަމަށާއި އެކަމުގެ ސަބަބުން އަތަށް ބޮޑެތި ޒަޚަމްތަކެއްވެސް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކާރުން ފުރަތަމަ ފައިބާފައިވަނީ ވެސް އަދުހަމް ކަމަށާއި ޤާސިމް ކާރުން ފައިބާފައިވަނީ ފަހުން ކަމަށެވެ. ޤާސިމް ޓެކްސީ ދުއްވަނީ ޓެކްސީ ސެންޓަރުތަކާއި ނުގުޅި އަމިއްލަ އަށެވެ.

ފުލުހުން ވަނީ އަނދިރި ސަރަހައްދުތަކުގައި ޓެކްސީ ދުއްވާއިރު ސަމާލުވުމަށް އެދިފައެވެ.

މިއަދު އޮންލައިން