ކްރިސްމަސް ފާހަގަކުރުމުގެ ނަމުގަ ޓްރިވެންޑްރަމްގައި ދިވެހިބަހުން ހުރި ބައިބަލްގެ ބައިތަކެއް ބަހައިފިއެވެ.
އިންޑިއާއަށް ބޭހަށްދާ ދިވެހިންނަށް މިފަދަ ލިޔުންތައް ބެހުމަކީ އިންޑިއާގައި ޢާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ލިޔުން ލިބޭ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީ އިސްލާމް ދީނާއިމެދު ޝައްކު އުފައްދުވަން ކުރާ މިފަދަ މަސައްކަތްތައް ބަލައި ނުގަތުމުގެ މުހިންމުކަން ފާހަގަކުރެއެވެ.
ޕާރުސަލް ކޮށްފައި ދިނުމުން ނުއެނގުނު ނަމަވެސް އެނގުމުން އިތުރަށް ދައުރުނުކޮށް ނައްތައިލުމުގެ މުހިންމުކަން ފާހަގަކުރެވޭއިރު މިފަދަ އެއްވެސް ލިޔުމެއް ރާއްޖެ ގެނައުމަކީ ކުށްވެރިވާނެ ކަމެއްކަމަކަށްވާތީ އެކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެވެއެވެ.
