އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ ޖެނުއަރީ 31 ގައި ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ ޖެނުއަރީ 31 ގައި ބާއްވަނީ

އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ.

މިކަމާގުޅިގެން އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕްރައިމަރީއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން އިއުލާން ކުރާނީ މި މަހުގެ 30 ވަނަ ދުވަހުކަމަށާއި ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދު ވާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގައި ކަމަށެވެ. އަދި ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުށަހަޅާނެ ކަމަށެވެ. 

އެމްޑީޕީން ބުނެފައިވަނީ ޝަކުވާ ހުށަހަޅަން ހުޅުވާލާނީ ތިން ދުވަހުގެ މުއްދަތައްކަމަށާއި އަންނަ މަހުގެ 15 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓު އާންމުކުރާނެ ކަމަށެވެ. 

މިޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތާއި ވާދަކުރުމުގެ ފުރުސަތު ވެސް ލިބޭނީ މި އަހަރުގެ ނިޔަލަށް އެމްޑީޕީގެ މެންބާޝިޕްގައި ތިބޭ މެންބަރުންނަށްކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ. 

އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ.

މިއަދު އޮންލައިން