އެސްބީއައި އިން ފައިސާ ނަގައިގެން ނިކުތް މީހަކު ރަހީނުކޮށް، ލައްކައަކަށްވުރެ ގިނަ ފައިސާ ފޭރިގެންފި!

ކިޔުމަށް ހޭދަވާނީ 1މ 1ސ
އެސްބީއައި އިން ފައިސާ ނަގައިގެން ނިކުތް މީހަކު ރަހީނުކޮށް، ލައްކައަކަށްވުރެ ގިނަ ފައިސާ ފޭރިގެންފި!

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ފައިސާ ނަގައިގެން ނުކުތް މީހަކު ރަހީނުކޮށް، އޭނާގެ އަތުން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ފޭރިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މިމައްސަލައާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ހަމައެކަނި ވިދާޅުވީ އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފޭރިފައި ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފެއްގެ އަތުންނެވެ.

ފައިސާ ހިފައިގެން ބޮޑުތަކުރުފާނު މަގު ނުވަތަ ރިންގްރޯޑް ގައި ހުންނަ އެސްބީއައި އިން ފައިސާ ހިފައިގެން އެމީހާ ނިކުތް ވަގުތު، އެސްބީއައި ކުރިމަތިން އެ ބިދޭސީ މީހާ ގަދަކަމުން ކާރަކަށް އެރުވި ކަމަށާއި އެއަށްފަހު  ހުޅުމާލެ ގެންގޮސް ގެއަކަށް ވައްދައި ފޭރުނީ ކަމަށް އެ ކުންފުނީގެ މީހަކާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ. އެގޮތުން 130،000ރ. ފޭރިފައިވާ ކަމަށް ވެ އެވެ.

މި އަހަރުގެ ކުރީކޮޅު ބީއެޗްއެމް ޓްރޭޑާސް އިން އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ވެސް ވަނީ ބަޔަކު ފޭރިގެންފަ އެވެ.

މިއަދު އޮންލައިން