ހުޅުމާލޭގައި ތުރުކީ މީހަކަށް ހަމަލާދީފި!

ކިޔުމަށް ހޭދަވާނީ 34ސ
ހުޅުމާލޭގައި ތުރުކީ މީހަކަށް ހަމަލާދީފި!

ހުޅުމާލޭގެ ގެސްޓް ހައުސްއަކުން ނުކުމެގެން ދަނިކޮށް ތުރުކީ މީހަކަށް ހަމަލާ ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި މިރޭ ހަމަލާދީފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ އުމުރުން 33 އަހަރުގެ ތުރުކީ މީހަކަށެވެ.

ފުލުހުން ބުނި ގޮތުގައި އެމީހާއަށް ހަމަލާދީފައި ވަނީ ސައިކަލުގައި ދިޔަ ދެ މީހެކެވެ. އަދި އެމީހާއަށް ހަމަލާ ދިން ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާދިސާ ހިނގާފައިވަނީ މިރޭ 22:30 ހާއިރެވެ.

ފުރަތަމަ މައުލޫމާތު ލިބިފައި ވަނީ ހަމަލާ ދިނީ ހުޅުމާލޭގެ ގެސްޓް ހައުސްއަކުން ނުކުމެގެން ދިޔަ ޗައިނާގެ ދެމަފިރިންގެ ތެރޭން އަަންހެން މީހާ އަށް ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ ހަމަލާ ދިނީ ތުރުކީގެ ފިރިހެނަކަށް ކަމަށެވެ.

މިއަދު އޮންލައިން