ރިސޯޓު މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު މިހާރަށްވުރެ ހަރުދަނާވާންޖެހޭ: މިނިސްޓަރ އިމްރާން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރިސޯޓު މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު މިހާރަށްވުރެ ހަރުދަނާވާންޖެހޭ: މިނިސްޓަރ އިމްރާން

ރިސޯޓު މުވައްޒަފުންގެ މުސާރައާއި ސާވިސް މިހާރަށްވުރެ ޗާޖު ހަރުދަނާވާންޖެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެންވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ރާއްޖެއަށް ލިބުމަށްޓަކައި އެންމެ މުހިއްމު ކަމަކީ އާމްދަނީ ރައްޔިތުންނަށް ބެހިގެން ދިޔުން ކަމަށާއި އެކަމަށްޓަކައި އެންމެ ފުރަތަމަ ބަދަލުވާން ޖެހޭ ކަމަކީ ރިސޯޓު މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު ޖުމްލަކޮށް މިއަށްވުރެ ހަރުދަނާވުންކަމަށެވެ.

އަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ތައުރީފް ކުރައްވާ މިނިސްޓަރ އިމްރާން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ވަރުގަދަކުރުމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަރަށް ކައިރިން ފެނިލައްވާ ކަމަށާއި ސިޔާސީ މައިދާނުގައި އެމަނިކުފާނާއެކު ކުރެވުނު ތަޖުރިބާގެ އަލީގައި އާންމު ރައްޔިތުންގެ ޖުމްލަ މަސްލަހަތު އެމަނިކުފާނު ނަގަހައްޓަވާނެ ކަން އެނގޭ ކަމަށެވެ.

މިއަދު އޮންލައިން