އައިޖީއެމްއެޗްގެ ލެބޯރަޓޮރީން މާދަމާ ލިބޭނީ އިމަޖެންސީ ޚިދުމަތް އެކަނި!

ކިޔުމަށް ހޭދަވާނީ 31ސ
އައިޖީއެމްއެޗްގެ ލެބޯރަޓޮރީން މާދަމާ ލިބޭނީ އިމަޖެންސީ ޚިދުމަތް އެކަނި!

1 ޖަނަވަރީ 2020 (މާދަމާ) ސަރުކާރު ހޮސްޕިޓަލު ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ލެބޯޓަރީން ލިބޭނީ ހަމައެކަނި އިމަޖެންސީ ޚިދުމަތް ކަމަށާއި އެހެން ޚިދުމަތްތައް ބަންދުވާނެ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނެފައިވަނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްކަމުން، އެހޮސްޕިޓަލުގެ ލެބޯޓަރީން އިމަޖެންސީ ޚިދުމަތްތައް ފިޔަވާ އެހެން ހުރިހާ ޚިދުމަތެއް ބަންދުވާނެ ކަމަށެވެ.

ނަމަވެސް 2 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެހޮސްޕިޓަލުގެ ހުރިހާ ޚިދުމަތެއް ވެސް އާއްމުކޮށް ޚިދުމަތްދޭ އުސޫލުން ދެމުންދާނެ ކަމަށް ވެސް އެހޮސްޕިޓަލުން ބުނެފައިވެއެވެ.

މިއަދު އޮންލައިން