ބަނގުރާފުޅިއަކާއެކު ކުޑަ އަންހެން ކުއްޖަކާއި ތިން ފިރިހެނަކު ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 29ސ
ބަނގުރާފުޅިއަކާއެކު ކުޑަ އަންހެން ކުއްޖަކާއި ތިން ފިރިހެނަކު ހައްޔަރުކޮށްފި!

ބަނގުރާފުޅިއަކާއިއެކު އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކާއި ތިން ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ލ. ގަމު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާއެކު 22 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނަކާއި އަދި އުމުރުން 40 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވެއެވެ.

ފުލުހުން ވިދާޅުީ އެމީހުން ހައްޔަރު ކޮށްފައިވަނޫ ރޭ 21:00 ހާއިރު ލ. ގަމު ތުނޑީ ބަނދަރުގެ ދެކުނު ފަރާތުން ކަމަށާއި އެމީހުން އަތުން ބަނގުރާހުރި 500 އެމްއެލްގެ ފުޅިއެއް ވެސް ފެނިފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ފަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އާ އަހަރު ފާހަގަ ކުރުމުގެ ވަބާގައި ޖެހިގެން، ބަނގުރަލާ މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަ ދިވެހިން ދަނީ އިތުރުވަމުންނެވެ.

ބަނގުރާފުޅިއަކާއެކު ލ. ގަމުގައި ރޭ ކުޑަ އަންހެން ކުއްޖަކާއި ތިން ފިރިހެނަކު ހައްޔަރު ކޮށްފައިވާއިރު، ރޭ މާލޭގައި ވެސް ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ހަތަރު ފިރިހެނުން ހައްޔަރު ކޮށްފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޗަލަކު ވިދާޅުވެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ 19:22 ހާއިރު ކޯޓު އަމުރެއްގެ ދަށުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މާފަންނުގައި ހުރި ގެއެއް ބަލައިފާސް ކުރަން އެގެއަށް ވަނުމުން، އެގޭ ބެލްކަނީގައި ހުރި މީހެއްވަނީ ބަނގުރާފުޅިތަކެއް މަގުމައްޗަށް އުކާލާފައި ކަމަށެވެ.

ފުލުހުން އެގެ ބަލާފާސް ކުރުމުން ދެ ދަޅު ބަނގުރަލާއި އެއް ފުޅި ބަނގުރާ، އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ތެޔޮ ޕީސް އަދި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި ހަތަރު ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައިވާއިރު، މިމައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން