މިސްކިތައްދިޔަ މީހެއް ގައިގަ ސައިކަލަކުން ޖައްސާފަ ފިލި މީހަކު ހޯދަނީ!

ކިޔުމަށް ހޭދަވާނީ 46ސ
މިސްކިތައްދިޔަ މީހެއް ގައިގަ ސައިކަލަކުން ޖައްސާފަ ފިލި މީހަކު ހޯދަނީ!

ފުރްޤާން މިސްކިތައް ނަމާދަށް ދިޔަ މީހެއް ގައިގަ ސައިކަލަކުން ޖައްސާފަ ފިލި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިރޭ 19:38 ހާއިރު ފުރްޤާން މިސްކިތް ކަފިހި ހުރަސް މަތިން މިސްކިތައް ދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރހެނެއްގެ ގައިގަ ސައިކަލަކުން ޖައްސާ އެކްސިޑެންޓްކޮށް، ސައިކަލު ދުއްވި މީހާ ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއެކްސިޑެންޓުގައި އަނިޔާވި މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. އަދި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ސީސީޓީވީ ފުޓެޖް ބަލައިގެން، މިއެކްސިޑެންޓް ހިންގާ ފިލި މީހާ ދުއްވި ސައިކަލު ހޯދުމަށްފަހު، އެސައިކަލު ޓޯ ކޮށްފައިވާ ކަމަށާއި ސައިކަލު ދުއްވި މީހާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން