އދގެ ޤަރާރުތަކާ ދެކޮޅަށް ޤައުމުތަކުގެ ޙައްޤުތަކަށް އަރައިނުގަންނަން ޗައިނާއިން ގޮވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
އދގެ ޤަރާރުތަކާ ދެކޮޅަށް ޤައުމުތަކުގެ ޙައްޤުތަކަށް އަރައިނުގަންނަން ޗައިނާއިން ގޮވާލައިފި

އދގެ ޤަރާރުތަކާއި ދެކޮޅަށް ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤްލާލު ނަގާލައި ޤައުމުތަކުގެ ޙައްޤުތަކަށް އަރައިނުގަންނަން ޗައިނާއިން ގޮވާލައިފި އެވެ. 

ޗައިނާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އެމެރިކާގެ އަމަލުތައް މެދުއިރުމަތީގައި ހުރި ގޮތުން ކަންބޮޑުވާ ކަމަށާއި ޗައިނާއަކީ އަބަދުވެސް ކަންކަން އދގެ ޤަރާރުތަކުގެ ތެރެއިން ކުރަން ބާރު އަޅާ ޤައުމެއް ކަމަށެވެ. އެހެންކަމުން މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރަންވެސް އދ ގެ ޤަރާރުތަކުގެ ތެރެއިން މަސައްކަތްކުރަން ހުރިހާ ފަރާތަކަށްވެސް ގޮވާލާ ކަމަށެވެ. 

ޗައިނާގެ ބަޔާނުގައި އެމެރިކާގެ ނަން ބޭނުންކޮށްފައި ނުވި ނަމަވެސް ރައްދުކޮށްފައިވަނީ ހުކުރު ދުވަހު އެމެރިކާއިން އީރާނުގެ އިސް ކޮމާންޑަރު މަރައިލި މައްސަލައަށްކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން