ފްލައިން ސްކޫލްގެ ބޯޓެއް ވެއްޓިއްޖެ!

ކިޔުމަށް ހޭދަވާނީ 41ސ
ފްލައިން ސްކޫލްގެ ބޯޓެއް ވެއްޓިއްޖެ!

ސ. ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ބޯޓެއް، ޖައްސަން އުޅުމުގެ ތެރޭގައި މިއަދު ވެއްޓިއްޖެއެވެ.

މިހާދިސާގައި އެފްލައިޓަށް އެކިވަރުގެ ގެއްލުން ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ބޯޓު ވެއްޓުނުއިރު އޭތި ދުއްވަން އިނީ އިންޑިއާ ފިރިހެނަކާއި ހަމަ އެޤައުމުގެ އިންސްޓްރަކްޓަރެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވެފައިވަނީ، ފްލައިޓްގެ ލޭންޑިން ގިއަރ (ކުރީ ދެ ފުރޮޅު) އަށް މައްސަލައެއް ޖެހިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިފަދަ ހާދިސާއެއް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ހިނގާފައިވެއެވެ. އެގޮތުން އެ ހާދިސާގައި ފްލައިން ސްކޫލްގެ ބޯޓު ވެއްޓުނީ ޝަންގްރިއްލާ ކައިރީ ކަނޑަށެވެ.

މިއަދު އޮންލައިން