ފުލުހެއް ގައިގަ ސައިކަލަކުން ޖައްސާފަ ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 52ސ
ފުލުހެއް ގައިގަ ސައިކަލަކުން ޖައްސާފަ ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި!

ނުގަވައިދުން މުދާ އުފުލަނިކޮށް ހުއްޓުވުމުން، ފުލުހެއްގެ ގައިގަ ސައިކަލުން ޖައްސާ ފިލަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 10:49 ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ޗާންދަނީމަގު ފިހާރައެއް ކުރިމަތިން ސައިކަލެއްގައި، ޤަވާއިދާ ޚިލާފަށް މުދާ އުފުލައިގެންދިޔަ މީހެއް މަޑުކުރަން ބުނުމުން އޭނާ މަޑުނުކޮށް ދާން އުޅުނު ކަމަށެވެ.

ސައިކަލު މަޑުނުކޮށް އެމީހާ ދާން އުޅުމުން ފުލުހުން އެސައިކަލު ހުއްޓުވި ކަމަށާއި ސައިކަލު ދުއްވަން އިން މީހާގެ މައުލޫމާތު ދޭން ބުނުމުން އޭނާ އެކަމަށް އިންކާރުކޮށް، ފުލުސް މީހާއަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ފުލުސް މީހާގެ ގައިގަ ސައިކަލުން ޖެއްސާ ފިލަން މަސައްކަތް ކުރި ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ އަދި ފުލުހަކަށް ހަމަލާދިން މައްސަލައިގަ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވެއެވެ. އަދި ގަވާއިދާ ޚިލާފަށް މުދާ އުފުލި މައްސަލައިގަ އޭނާގެ ލައިސެންސް ވެސް ވަނީ ހިފަހައްޓާފައެވެ.

މިމައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން