ރާއްޖޭގެ ފުރަތަމަ އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަން ޑރ. ފަތުހުﷲ ސައީދު އައިޖީއެމްއެޗް ގައި މިއަދު ފަރުވާދެން ފައްޓަވައިފިއެވެ.
އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީ އަކީ އަނގަ އާއި މޫނު އަދި ކަނދުރާގެ ސާޖަރީ ތަކަށް ހާއްސަ ފަރުވާދޭ ސާޖަރީ އެކެވެ. އަދި އުފެދުމުގަ އާއި އަނިޔާ ވެގެން މޫނުމަތީގައިވާ އައިބުތަކައި ޓްރޯމާ ފަރުވާ އާއި އަނގައިގެ ކެންސަރު ދެނެގަތުމާއި ސާޖަރީ ކުރުމާއި ޕޭޝަލް ކޮސްމެޓިކް ސާޖަރީ އާއި ކޯ ކަށިގަނޑުގެ ބަލިތަކާއި، މޫނުމަތީގެ އެކިއެކި ތަދުތަކަށް ފަރުވާދިނުމާއި އިމްޕްލާންޓް ސާޖަރީ ކުރުންފަދަ ކަން ހިމެނެއެވެ.
އާންމުކޮށް އޯޕީޑީ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދާ އުސޫލުން ޑރ. ފަތުހުﷲ އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުންނެފައެވެ.