މި ސަރުކާރުން އެންމެ ފުރަތަމަ ފެށީ ވެސް ޒުވާނުން ބާރުވެރިކުރުމާ ބައިވެރިކުރުމުގެ މަސައްކަތް: ފައިޞަލް ނަސީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
މި ސަރުކާރުން އެންމެ ފުރަތަމަ ފެށީ ވެސް ޒުވާނުން ބާރުވެރިކުރުމާ ބައިވެރިކުރުމުގެ މަސައްކަތް: ފައިޞަލް ނަސީމް

މި ސަރުކާރުން އެންމެ ފުރަތަމަ ފެށި އެއް މަސައްކަތަކީ ޒުވާނުން ބާރުވެރިކުރުމާއި ތަރައްޤީގެ ކަންކަމުގައި ޒުވާނުން ބައިވެރިކުރުމުގެ މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ފެށިގެން އައީވެސް ހަށިހެއު ދުޅަހެއު ޢީދުގެ ނަމުގައި ފެށިގެން ދިޔަ ޕްރޮގްރާމަކުން ކަމަށާއި، ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާކަމުގައެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ލިބުނު ކާމިޔާބީތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

މިއަދު އޮންލައިން