ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ވެލިދޫ ފަޅު ގެއެއްގައި ބަނގުރާ ކައްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މިތަކެތި ހޯދާފައިވަނީ ރޭ 20:00 ހާއިރެވެ.
މި އޮޕަރޭޝަނުގައި، ފުލުހުން އެ ގެއަށް ވަދެ ބަލައި ފާސްކުރިއިރު އެގޭ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ލީޓަރުގެ ފުޅިއަކާއި ބަނގުރާކަމަށް ބެލޭވޭ އެއްޗެއްހުރި ބިއްލޫރި ދެ ފުޅިއާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ޑަބިޔަލަކާއި 20 ލީޓަރުގެ ހަމެއް ފެނިފައިާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.