ދިވެހި ފިލްމީތަރި ނުޒޫ ކައިވެނި ކޮށްފި!

ކިޔުމަށް ހޭދަވާނީ 52ސ
ދިވެހި ފިލްމީތަރި ނުޒޫ ކައިވެނި ކޮށްފި!

ދިވެހި ފިލްމު "މަލިކާ" އިން ފިލްމީ ދާއިރާއަށް ތަޢާރަފްވި، އަދި މިހަރު ގިނަ ބެލުންތެރިންގެ މަޤްބޫލުކަށް ހޯދާފައިވާ ނުޒުޙަތު ޝުއައިބު (ނުޒޫ) މިއަދު ކައިވެނި ކޮށްފިއެވެ.

އަބްދުﷲ ޝަފީއު (ރިޗަޑް) އާއި ނުޒޫ ކައިވެނި ކުރުމަށްފަހު ފެމިލީ ކޯޓު ބޭރުގައި ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯތަކެއް، ނުޒޫ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

ނުޒޫ އަކީ މިހާރު ފިލްމީ ދާއިރާގެ އެންމެ ފުންނާބު އުސްތަރިންގެ ތެރޭގައި ގުނާލެވޭ ތަރިއެކެވެ. ދިވެހި ފިލްމު "ލީނާ" ގައި ވެސް އޭނާ ދައްކުވައިދިން މޮޅު އެކްޓިން އާއި އިލްޔާސް ވަހީދު އުފެއްދި "ބަވަތި" ގައި ދައްކުވައިދިން ތަފާތު މޮޅު އެކްޓިންގ އިންވެސް އޭނާ އަކީ މިދާއިރާގައި ނުހަނު ހުނަރުވެރި ފަރާތެއްކަން ހާމަވެގެންދެއެވެ.

ނުޒޫގެ ފިލްމަކަށް ދެން އެންމެ އަވަހަށް ފެންނާނެކަމަށް ބެލެވެނީ "ނީނާ" އެވެ. މިފިލްމަށް ތައްޔާރުވުމުގެ ގޮތުން ނުޒޫ ވަނީ މާޝަލް އާރޓްސް ވެސް ދަސްކޮށްފައެވެ.

މިއަދު އޮންލައިން