ބިދޭސީއެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައިގައި ފުލުހަކާއި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ޖެނުއަރީ 12 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕްރޭޝަން އެއްގައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފައިސާ އާއި އޭނާގެ ވޯކްޕާމިޓް ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ލާންސް ކޯޕްރަލް އެއްގެ ވަޒީފާގައި އުޅޭ 26 އަހަރުގެ މީހަކާއި 28 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިމައްސަލައިގައި ހިމެނޭ ފުލުސް މީހާ ވާނީ ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް އޭނާގެ މައްސަލަ ޕޮރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ތަހުގީގު ކުރަމުން ނަމަށް ފުލުހުން ބުނެފައިވެއެވެ.