ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހަނިމާދޫ ގޭގެއަށް ފުލުހުން ޒިޔާރަތްކޮށް މަޢުލޫމާތު ދޭންފަށައިފި

ކިޔުމަށް ހޭދަވާނީ 1މ
ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހަނިމާދޫ ގޭގެއަށް ފުލުހުން ޒިޔާރަތްކޮށް މަޢުލޫމާތު ދޭންފަށައިފި

ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހަނިމާދޫ ގޭގެއަށް ފުލުހުން ޒިޔާރަތްކޮށް މަޢުލޫމާތު ދޭންފަށައިފިއެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި، މުޖުތަމަޢުގައި ހިންގާ ނޭދެވޭ ކުށްތައް މަދު ކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ނޭނގި ކުރެވޭ ކުދި ކުށްތަކަކީ ކޮބައިކަމާއި އެކުށްތަކުން ދުރުހެލިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ މަޝްވަރާ ކުރެވޭނެއެވެ.

އަދި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ހޭލުން ތެރިކުރުމަށް މަޢުލޫމާތު ފޯރުކޮށްދީ އެކަންކަމުން ރައްކާތެރިވުމަށް ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.

މީގެ އިތުރުން ފުލުހުން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެން ހަރުދަނާކޮށް އާންމުންނާ އޮންގަ ގުޅުން އިތުރަށް ރަނގަޅުކުރުމަށް ހަނިމާދޫގައި ނެއިބަރހުޑް ޕޮލިސިންގ ފެށުމަށް ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާ ކުރެވޭނެއެވެ.

މި ޕްރޮގްރާމްގައި، ހަނިމާދޫގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަދު އޮންލައިން