މުލަކު ވަޑާން ގެއެއްގައި ޒަޚަމްތަކަކާއެކު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 8ސ
މުލަކު ވަޑާން ގެއެއްގައި ޒަޚަމްތަކަކާއެކު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ!

މ. މުލަކުގެ ވަޑާން ގެއެއްގައި، ޒަހަމްތަކަކާއެކު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަަލަކު ވިދާޅުވީ މުލަކުގައި ވަޑާމުގެ މަސައްކަތް ކުރާ ގެއެއްގެ ވަޑާންގޭ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ރޭ ފަތިހު 4:57 ހާއިރު ލިބިފައިވާ ކަމަށެވެ.

މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ މުލަކު ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އެގޮތުން ވެއްޓިފައިވާ މީހާގެ ވާތް ފަރާތު މޭމަތިން ވަރަށް ފުންކޮށް ގާތްގަނޑަށް 9 އިންޗިހާތަން ކަފައިގެން ގޮސްފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ވެއްޓިފައި އޮތްތަނުގެ ކައިރީގައި ކަރަންޓު ކީއްސެއް އޭރު ޖައްސާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަރްހޫމްގެ ފުރާނައަށް މާތް ﷲ ރަޙްމަތްލައްވާށި އާމީން. އަދި މިފަދަ ހިތްދަތި ދަނޑިވަޅެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

 

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

 

މިއަދު އޮންލައިން