މަސްތުވާތަކެއްޗާއެކު މާޅެންދޫއިން ހައްޔަރުކުރި ޕްރިންސިޕަލްގެ ބަންދަށް 7 ދުވަސް ޖަހައިފި!

ކިޔުމަށް ހޭދަވާނީ 53ސ
މަސްތުވާތަކެއްޗާއެކު މާޅެންދޫއިން ހައްޔަރުކުރި ޕްރިންސިޕަލްގެ ބަންދަށް 7 ދުވަސް ޖަހައިފި!

މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރުކުރި ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލްގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަސް ގްރާމްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރަން، ލަންދޫ ކޯޓުން މުއްދަތު އިތުރު ކޮށްދެއްވި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް، އެމަގާމުގައި ހުންނަތާ ތިން އަހަރުވެއްޖެއެވެ.

މާޅެންދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާހް މޫސާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗާ ގުޅުވައިގެން ޔޫސުފަށް މީގެ ކުރިން އެއްވެސް ތުހުމަތެއް ކޮށްފައެއް ނުވެ އެވެ. ކުއްލިއަކަށް އެފަދަ މައްސަލައެއްގައި ހައްޔަރުކުރުމަކީ ލިބުނު ބޮޑު ހައިރާންކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ދަރިވަރުންނަށް ވެސް ރަނގަޅު މީހެއް އެއީ. މިކަހަލަ އެއްވެސް ކަމެއް ކުރިން އަޑެއް ނާހަން،" ޝާހް ވިދާޅުވި އެވެ.

މިއަދު އޮންލައިން