ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 46ސ
ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަންފަށައިފިއެވެ.

މި އަމުރާ ގުޅިގެން ހޯދަނީ މާލެ، ގ. ކޫފާ، އާމިނަތު ބާސިމާ އަޙްމަދުދީދީ (53އ)އެވެ.

އާމިނަތު ބާސިމާ އަޙްމަދުދީދީ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ޙާޟިރުކުމަށް ބޭނުންވެ ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2020 ޖެނުއަރީ 20 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އާމިނަތު ބާސިމާ އަޙްމަދުދީދީއާބެހޭ އެއްވެސް  މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.

މިއަދު އޮންލައިން