ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފުލުހުންގެ ބުރަކަށީގަ ފަރަންސޭސި ރައީސް ވަރުގަދަ ސައްޕެއް ޖައްސަވައި ބޭރުކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފުލުހުންގެ ބުރަކަށީގަ ފަރަންސޭސި ރައީސް ވަރުގަދަ ސައްޕެއް ޖައްސަވައި ބޭރުކުރައްވައިފި!

ޚަބަރުގައި އެވާ ވީޑިއޯއަކީ ފަރަންސޭސި ރައީސް މެކްރޮން އިޒްރޭލަށް ވަޑައިގަތުމުން އިޒްރޭލް ސިފައިން/ ފުލުހުން ކަންކަން ކުރިގޮތާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކޯފާ އިސްކުރައްވައި ދައްކަވާފައިވާ ވާހަކަފުޅެވެ.  

"އެއްވެސް މީހަކަށް އެއްވެސް މީހަކު ރުޅިއެރުވުމުގެ އެއްވެސް ޙައްޤެއް ނޯންނާނެ. މިއަދު ހެނދުނު ހިނގައި ދިއަ ކަންކަން ފެނިއްޖެ. އެންމެންނަށްވެސް ޤާނޫނުތައް އެނގޭ! އަވަހަށް މިތަނުން ބޭރުވޭ!" މެކްރޮން ވަނީ މިފަދަ ބަސްފުޅުތައް ހައްދުފަހަނައަޅާފައިވާ ޔަހޫދީންނަށް ވިދާޅުވެފައެވެ.  

މެކްރޮން އިޒްރޭލަށް ވަޑައިގަތީ މިހާރު ޔަހޫދީން ވެރިވެގަނެފައިވާ ބިމުގައި ހުރި ފައްޅިއަކަށެވެ. ފަރަންސޭސިންގެ އަތުން ފޭރިގެންފައިވާ އެ ބިމަކީވެސް ފަލަސްޠީނުގެ ބިމެވެ.

 

މިއަދު އޮންލައިން